އެއީ ސުކޫލުގެ
ފަހުއަހަރެވެ.އާދައިގެ މަތިން ސުކޫލަށްދާ ގަޑިއަށް ހޭލައި ސުކޫލަށް ދާން
ތައްޔާރުވީމެވެ.ހެނދުނު ނާސްތާ ކުރުމަށްފަހު ގައި ސުކޫލަށް ދިޔައީމެވެ.ކުލާހުގައި
ތިބެނީ16 ކުދިންނެވެ.9 އަންހެން ކުދިންނާއި 7 ފިރިހެން ކުދިންނެވެ.ހުރިހާ ފިރިހެން
ކުދިންނަކީވެސް ކުލާހުގައި ސަކަރާތް ޖަހައި އެހެންކުދިންނާއި މައްލަވަކުރާ
ބައެކެވެ.އޭގެތެރެއިންވެސް އަރައިހުރި އެކަކީ އަހުމަދެވެ.މިމީހުންގެ ސަބަބުން
ޓީޗަރަށް ފިލާޅުގެން ދަންވެސް ބައެއްފަހަރަށް އެނދަގޫވެއެވެ.އަދި ބައެއްފަހަރު
ކިޔަވައި ދިނުން ހުއްޓާލައި ޕްރިންސިޕަލްވެސް ގެންނަންޖެހޭ ފަހަރުވެސް
ދެއެވެ.ސުކޫލުގެ ފަހު އަހަރުކަމުންު ސުކޫލުން ނިމެނީ ހަތަރެއް ޖަހާއިރުއެވެ.ނަމާދު ކުރަނީވެސް
ސުކޫލުގައިއެވެ.އެހެންކަމުން އިންޓަވަލް އަންނަމުން ކާއެއްޗެހި ސުކޫލަށް
ގެންނަމެވެ.ނަމަވެސް ލުއިކާނާގެ ބާވަތްތައް އެކަންޏެވެ.އަހަރެންވެސް އާދައިގެ
މަތިން އިންޓަވަލްއަށް އަންނަމުން އިންޑޯމިލްކު ޗޮކުލެޓް ކުޑަޕެކެޓަކާއި
ސްޕަރިންގެއް ގެންދިޔައީމެވެ.މިއެއްޗެހި ކެވޭނީ ނަމާދުކޮށް ނިމުމައްފަހު ލިބޭހުސްވަގުތު
ކޮޅުކުގެެެތެރޭގައިއެވެ.
އަހަރެންވެސް ނަމާދުކޮށްގެން ކުލާހަށް އައިސް ސްޕަރިންގު
ޕެކެޓުނަގައި ކަނޑާއިގެން ކާންފެށީމެވެ.އިންޑޯމިލްކު ބޯހިތް ނެތުމުން ދަބަހުގެ
ކުޑަވަތް ގަނޑަށް ލާފައި ބޭއްވީއެވެ.ކިލާސް ފެށޭނީ އެކެއްޖަހާއިރުއެވެ.އެދުވަހު
ފިރަތަމަ އޮތީކެމިސްޓްރީ ގަޑިއެވެ.ހުރިހާ ކުދިން ކުލާހަށް ވަނުމުން މިސް ފިލާވަޅު
ކުރިޔަށް ގެންދިޔައެވެ.އަހަރެންވެސް ފިލާވަޅު ކަނުލައި އަޑުއަހަން އިނީމެވެ.އިރުކޮޅެއް
ނުވަނީހެން ނުވަނީހެން ފިރިހެން ކުއްޖަކު ޕަކަޕަކަލާފައި ހޭންފެށިއެވެ.ނަމަވެސް
ވީގޮތެއް އެއްވެސްމީހަކަށް ނޭނގުނެވެ.އަނެއްކާވެސް އެކުއްޖާގެ ކައިރީގައި
އިންކުއްޖާވެސް ހޭންފަށްއިފިއެވެ.އެންމެފަހުން މިސްއަށް ފިލާވަޅު ކުރިއަށް
ނުގެންދެވިގެން ހުއްޓާލިއެވެ.އެއިރުވެސް ހުރިހާ ފިރިހެން ކުދިން
ހެނީއެވެ.އަހަރެންވެސް ހައިރާންކަމާއި އެކު އެމީހުނަނާއި ދިމާލަށް
ބަލަހައްޓާއިގެން އިނީއެވެ.އެތަނުން އެކަކު އަހަރެންނާއި ދިމާލަށް ބަލާލުމަށް ފަހު
އަހަރެންގެ ގޮނޑިގެ ތިރިއަށް އަތުން އިޝާރާތް ކޮށްލިއެވެ.އަހަރެން މާބޮޑަކަށް
އެކަމަކާ އަޅައެއް ނުލަމެވެ.އެއީ ކުރީދުވަހުވެސް އަހަރެންގެ ގޮނޑިދަށަށް ފެންއަޅާފައި
އަހަރެން ހީސިލާފިއޭ ކިޔައިގެން މައްލަވަކޮށް މަލާމާތްކޮށް ކުރީމައެވެ.ދެން
ކުއްލިޔަކަ އަހަރެންނާއި ޖެހިގެން އިން ޝިޒޫ އަހަރެންގެ ގޮނޑިދަށަށް ބަލާލައިފާ
އެހެންކުދިންނެކޭވެސް އެއްގޮތަށް ޕަކަޕަކަލައިފައި ހޭންފެށިއެވެ.އަހަރެންވެސް
ގޮނޑީގައި އިށީދެ އިނދެފައި ގޮނޑިދަށަށް ބޯތިރިކޮށްލީމެއެވެ.ޞުބުޙާއްﷲ.އަހަރެން
ގެނައި ޕެކެޓު މިއޮތީ ފަޅައިގެން ގޮސް މުޅި ޔުނީފޯމަށާއި ދަބަހަށް އޮޅިގެން ގޮނޑީގެ
ތިރިޔަށް ހުރީ ފަބާފައެވެ.މިސްވެސް އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު
ހިނނިގަނޑު ފަޅައިގެން ދިޔައެވެ.އަހަރެންގަތް ލަދުން ދުވެފައި ބޭރަށް
ނުކުތީމެވެ.އޭރުވެސް ހުރިހައި ކުދިންނާއި މިސްވެސް ކުލާހުގައި ހުރެގެން ހެނީއެވެ.
No comments:
Post a Comment