ރަށެއް ނުވަތަ ގައުމެއް ކުރިއްރައި ދާނީ އެތަނެއްގައި
ގާބިލު ލީޑަރުންތަކެއް ނުވަތަ އިސް ވެރިންތަކެއް ތިބުމުންނެވަެ.ރަށުކައުންސިލުގެ
ރައިސްކަން ލިބިއްޖެނަމަ ރަށުގެ ބަނދަރު ހެދުމާއި ރަށުގެ މަގުތައް ހެދުމާއި ހުރިހާ
ގެއެއްގައިވެސް އިންޓަނެޓު ލިބޭގޮތް ހަދާދިނުމާއި ރަށުގައި ޒުވާނުން ކަންތައް
ކިރުމަށް ޓަކައި ޒުވާނުންގެ މަރުކަޒެއް ގާއިމު ކުރުމާއި ރަށުރ ސިއްޙީހާލަތު
ރަނގަޅު ކުރުމަށް ޓަކައި މަރުކަޒުގެ ފެނަވަރު މަތިކުރުން އަދި ރަށުގެ އަންހެނުންގެ
ކޮމެޓީއެއް އެކުލަވައިލުން ފަދަ ކަންތައްތަކެވެ. ރަށުގެ މީހުންނަށް އަރައި ފައިބަން ފަސޭހަ
ކުރުމަށް ޓަކައި ރަށުގައި ބަނދަރެއް އޮތުން ވަރަށް މުހިންމެވެ.މިކަމުގެ ސަބަބުން
ދޯންޏަށް އަރައި ފައިބަން ފަސޭހަ ވާނެއެވެ.ބަނދަރެއް ނެތްނަމަ ރަށުގެ މީހުންނަށް
ރަށަށް އަރައި ފައިބަން ދަތިތަކާއި ކުރިމަތި ލާންޖެހޭނެއެވެ.ަށުގެ ބަނދަރުގައި
ލައިޓްތައް ޖަހައި މީހުންނަށް ލުއިފަސޭހަ ކޮށްދޭނަމެވެ.ނަތީޖާއެއްގެ ގޮތުން ރަށް
ތަރައްޤީވެ ރަށުގައި ދިރިއުޅެމުންދާ މީހުންނަނަށް ލުއިފަސޭހަވެގެން ދާނެއެވެ.
މަގުމައްޗަކީހުރިހައި މހުން ބެނުންކުރާ ތަނެކެވެ.އެހެންކަމުން މަގުމަތި
ވާންޖެހޭނީ އެންމެންގެ ތަނަކަށެވެ.މީހުންނަށް ލުއި ފަސޭހަ ކުރުމަށްޓަކައި
މަގުމަތީގައި ލައިޓްތައް ޖަހައި މަގުހެދުން ވަރަށް މުހިންމެވެ.އެއިރިން ދުއްވާ
ތަކެއްޗަށް ފަސޭހަ ވުމާއިއެކު މަގުމަތީގައިހިނގާ ބިގާވެ އުޅޭ މީހުންނަށްވެސް
ފަސޭހަވެގެން ދާނެއެވެ.އަދި މަގުމައްޗަކީ އަމާން ތަނަކަށް ހެދުމަށްޓަކައި
މަގުމަތީގައި ޓްރެފިކް ޕޮލިހުން ބައިތިއްބައި މަގުމަތީގައި ޓްރެފޮކް ލައިޓްތައް
ބަހައްޓާނަމެވެ.މިހާރު މަގުތައް އޮންނަގޮތުން ވާރޭކޮޅެއް ވެހުނަސް އޮންނަނީ
ކިސަޑުވެފައެވެ.މީގެ ސަބަބުން ރސުގެ ގިނަބަޔަކަށް ވަރަށް ބޮޑެތި އުނދަގޫ ތަކާއި
ކުރިމަތި ލާންޖެހެއެވެ.ހާއްސަކޮށް ސުކޫލު ކުދިންނާއި އޮފީސްތަކުގައި
އުޅޭމީހުންނަށެވެ.މިކަންތައް ކުރިމުން ރަށުގެ ހުރިހާ އެންމެންނަށް ފައިދާ
ކުރާނެއެވެ.
އިންޓަނެޓަކީ ހުރިހާއެންމެންވެސް މަޢުލޫމާތު ހޯދުމަށް ބޭނުންކުރާ
ވަސީލަތެކެވެ.މިހާރު އިންޓަނެތުގެ ބޭނުން ވަރަށް މުހިންމެވެ.ހާއްސަކޮށް ސްކޫލު
ކުދުންނާއި ވަޒީފާގެ ދާއިރާގައި މަސައްކަތް ކުރާމުވައްޒިފުންނެވެ.އެހެންކަމުން
އިންަޓަނެޓުގެ ވަސީލަތް ހުރިހާ ގެއަކަށްވެސް ފޯރުކޮށް ދިނުމުން އެއްވެސް
އުނދަގުލަކާއި ނުލައި އެމީހަކު ބޭނުންވާ މަޢުލޫމާތެއް ހޯދޭނެއެވެ.މިއީ ރށުގެ
ހުރިހާ އެންމެންނަށްވެސް ވަރަށް ފައިދާހުރި އަދި އެހާމެ އެންމެން ބޭނުންވެފައިވާ
ކަމެކެވެ. ޒުވާނުންނަކީ ރަށުގެ ނުވަތަ ގަމުގެ އެންމެ ބޮޑު
އިންސައްތައެއް އޮންނަ އެއްބައެވެ.އަދި ހަމައެހެންމެ އެއީ ރަށުގެ ނުވަތަ ގަމުގެ
ދިރުމެވެ.ރަށް ތަރައްޤީ ކުރުމަށް ޓަކައި ޒުވާނުނަގެ ހިއްސާ ވަރަށް
މުހިންމެވެ.އެހެނަ ކަމުން ޒުވާނުންނަށް ހާއްސަކޮށް ޒވަނުންގެ މަރުަޒެއް ގާއިމު
ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.މިކަމުގެ ސަބަބުން ޒުވާނުންނަށް ރަސް ތަރައްޤީ
ކުރުމަށް ޓަކައި އެމީހުން ބޭނުންވާ ކަންތައްތައްކުރުމަށް ފަސޭހަވެގެން ދަނެއެވެ.ެަައަދި
ހަމައެހެންމެ އަންހެނުންނަކީވެސް ވަރަށް މުހިންމު ބައެކެވެ.ރަށުގައި އަންހެނުންގެ
ކޮމެޓީއެއް އަކުލަވައި ލުމުގެ ސަބަބުން އަންހެނުން ބޭނުންވާ ކަންތައްތަކާއި
އެމީހުންގެ ޝުޢޫރުތައް ފާޅުކުރުމަށް ފަސޭހަވެގެން ދާނެއެވެ.
ރަށުކައުންސިލްގެރައީސްކަން ލިބިއްޖެނަމަ މިދެންނެވި ހުރިހާ ކަމެއް
އިރާދަކުރެއްވިއްޔާ ކުރާނަމެވެ.
No comments:
Post a Comment