Wednesday, October 23, 2013

ހއ. އިހަފަރުގެ ފަޅުމަރާމާތު ކުރުމުގައި ދިމާވި މައްސަލާގެ ތަހުޤީގު ރިޕޯޓު


އާބާދީގައި މީހުން ދިރިއުޅޭ ހއ. އިހަފަރު ފަޅަކީ 2004ވަނަ އަހަރު ޑިސެންބަރު މަހު ވަނަ ދުވަހު ދިވެހި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ވަރަށް ބޮޑަށް  ގެއްލުންވެ ހަލާކު ވެފައިވާ ފަޅެކެވެ.އަދި މިފަޅު މިހާރު ދަނީ ސައުދީ ސަރުކާރުންގެ ހިލޭއެހީ އާއިއެކު މަރާމާތު ކުރަމުންނެވެ.މިފަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ގޮތާއިމެދު ،އެރަށުގެ ރއްޔިޔުން ހިތްހްމް ނުޖެހި ރައްޔިތުން ނިކުމެ ވަނީ އެމަސައްކަތް ހުއްޓުވާފައެވެ.މިއި މިކަން ހިނގިގޮތް ޔަހުޤީގުކޮށް މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން އަޅުގަނޑު ފާތިމަތު ސަމާޙާ ލިޔެފައިވާ ރިޕޯޓެކެވެ.މިރިޕޯޓުގައި މިމައްސަަލަ ތަހުޤީގު ކުރިގޮތާއި މިމައްސަލަ ހައްލުކުރުމަށް އެޅިދާނެ ކަމަށް ފެންނަށް ފިޔަވަޅުތައް ހިމަނައިފާވާނެއެވެ.މިރިޕޯޓު އެކުލަވައިލާފައި މިވަނީ އިހަފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް މުހައްމަދު ޤާސިމުގެ ބަސްދީގަތުމަކާއި ރަށުކައުންސިލްގެ ރައީސް އިބުރާހިމް ޔާމިންގެ ބަސްދީގަތުމަކާއި އަދި އިހަފަރުގެ ރައްޔިތަކާއި ބައްދަލުކޮށް މައުލޫމާތު ހޯދައިގެންނެވެ.  
  .ރައްޔިތުންގެ ޝަކުވާ                   
           ހއ.އިހަފަރުގެ ރައްޔިތުންގެ ތެރެއިން އަޅުގަނޑު ބަސްދީގަތުން ހޯދި މީހުންގެ ތެރެއިން މީހުން ބުނި ގޮތުގައި އިހަފަރުގެ ފަޅު މަރާމާތުކުރުގެ މަސައްކަތް ކުރުމަށް ހަވާލުކުރި އުވަދޯނި ކޮންސްޓްރަކްޝަނުން މިމަސައްކަތް ކުރިއަށް ގެންދިއުމަށް ރަށުގެ ރައްޔިތުންނާއި،ރަށުގެ މަދަނީ ޖަމިއްޔާތަކާއި،އަދި ރަށުގެ އެއްވެސް ކޮމެޓީއަކާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައެއްނުވެއެވެ.މިގޮޔައް ކަންތައް ކުރުމުގެ ސަބަބުން ރައްޔިތުންނަކަށް ފަޅުގެ މަސައްކަތް ކުރަމުންދާ ގޮތުގެ އެއްވެސް މަޢުލޫމާތެއް ނުލިބޭކަމަށް އެބޭފުޅުންގެ ފަރާތުން ރަށުގެ މަދަނީ ޖަމިއްޔާތަކާއި،އަދި ކޮމެޓީތަކާއި ބައްދަލު ކޮށްލުމުން އެނގުނީ އުވަދޯނި ކޮންސްޓްރަކްޝަނުން ރަށުގެފަޅު މަރާމާތުކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ އެއްވެސް މައުލޫމާތެއް ނުލިބޭކަމާއި އަދި އެބޭފޅުން އެކަމުގެ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރެއްވި ކަމެވެ.ނަމަވެސް އެކުންފުނީގެ އެއްވެސް ފަރާތެއް މަޢުލޫމާތު ނުދެއްވި ކަމެވެ.މިގޮތަށް ކަންތައްތައް ކުރުމުގެ ސަބަބުން ރައްޔިތުން ހިތްހަމަ ނުޖެހި މިމަސައްކަތް ހުއްޓުވީއެވެ.

.ރަށުގެ އިސްފަރާތްތަކުން މިކަމާއިމެދު ދެކޭގޮތް
ހއ.އިހަފަރު ދާއރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް މުހައްމަދު ޤާސިމްގެ ބަސްދީގަތުމުން އެނގުނީ އިހަފަރުގެ ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2010ޑިސެންބަރު 26ވަނަ ދުވަހު ކަމާއި އަދި އެއީ ފަޅުމަރާމާތު ކުރާއިރު ފަޅުއިތުރަށް ފުންކުރުމާއި ފަޅުބޮޑުކޮށް ފަޅާއި ގުޅުން ހުރި ވެލިގަނޑު ހިމާޔަތް ކުުރުމަށްޓަކައި ފަޅުގެ ދެފަރާތުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމެވެ.އަދި ހަމަމިއާއިއެކު އިހަފަރުގެ ފަޅު ފުންކުރުމާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް 2009ޖެނުއަރީ 22ވަނަ ދުވަހު މެންދުރުފަހު ގައި ރައްޔިތުންނާއި ބައްދަލު ކުރެއްވި ކަމެވެ.މިބައްދަލު ކުރެއްވުމުގެ މައިގަނޑު މަގުސަދަކީ ފަޅުމަރާމާތު ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދައި އަދި ރައްޔިތުންގެ އެދުންތަކަކީ ކޮބައިތޯ ބެއްލެވުމެވެ.ނަމަވެސް މިބައްދަލުވުމަށް ހާޒިރުވެފައިވަނީ އެންމެ ފަންސާސް މީހުންނެވެ. ރަށުކައުންސިލްގެ ރައީސް އަލްފާޟިލް އިބުރާހިމް ވަހީދު ރަށުގައި ނެރޭ ދުވަހު ނޫހެއް ކަމަށްވާ [ބައްތިރީސް[ދީފައިވާ ބަސްދީގަތުމުގައި ވަނީ އެބޭފުޅާ ވަރަށް ގިނަފަހަރު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމާއީ އަދި ޖަމިއްޔާ ތަކާއި އެކު ބޭއްވޭ ބައްދަލުވުން ތަކުގައި ހިޔާލުފާޅު ކުރަނީ ހަމައެކަނި ފަތިފުއް ޖަމިއްޔާ އެކަނިކަން އެނގުނެވެ.އުވަދޯނީގެ ބޭފުޅުން ރަށު ކައުންސިލްގެ މަޝްވަރާ ހޯއްދަވާކަމާއި އަދި ކުލަބު ޖަމިއްޔާ ޖަމާޔަތް ތަކާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވި ކަމެއް އެނގިފައި ނުވާކަންވެސް ކައުންސިލްގެ ރައީސްގެ ފަރާތުން އެނގުނެވެ. މިމައްސަލަ ހައްލު ކުރެއްވުމަށް އެޅިދާނެ ފިޔަވަޅުތައް.ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ރަށުގެ ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ދިނުން.އުވަދޯނި ކޮންސްޓްރަކްޝަންގެ ފަރާތުން ރަށުގެކުލަބު'ޖަމުއިއްޔާ'ޖަމާޢަތް'ކޮމެޓީއާއި މަޝްވަރާކުރުން.                                 

No comments:

Post a Comment