Wednesday, October 23, 2013

ރައިވަރު ދޭހަވާމާނަ

ހީވެޔޭ ނުނޭފިލާ                       ( ނުފިލާނޭ ހީވެޔެ )
ވީފަރިތައެއް އިރުކުޑާ                    ( ކުޑާއިރުވީ ފަރިތައެއް )
މީހާގެ ތޭ އެއީ ޒާ                      ( އެއީ މީހާގެ ޒާތޭ )
ދީއޮތަސް މުޅިދުނިޔެފާ                    ( މުޅި ދުނިޔެ ދީފައިއޮތަސް )
ފީމެ ހިތުހެން މަގޭ ލާމި                   ( މަގޭހިތު މިހެން ލާފީމެ )
އީބަހެއް އެވޭލާމި                        ( މިއީ އެވޭލާބަހެއް )             

ދޭހަވާ މާނަ: ކުޑައިރު މީހެއްގެ ގައިގާ ހަރުލާފައިވާ ސިފަތައް އެމީހަކު ބޮޑުވެ ތަސައްރަފު ފުދުމުން ފިލުވައިލުމަކީ ދަތި އުނދަގޫ ކަމެކެވެ.










ރޭތަ ބަލިތަކު ހިނގާ                     ( ބަލިތަކުތެރޭ ހިނގާ )
ބޭހާއި ފަރުވާތަކާ                        ( ބޭހާއި ފަރުވާތަކާ )
ދޭހަކޮށްދިނަކަސް ކިޔާ                     ( ކިޔާ ދޭހަކޮށް ދިނަކަސް )
މޭރުން ސަފުން ނުވަންޏާ                   ( ސަފުން މޭރުން ނުވަންޏާ )
ތޭނެ މަބުބަލަ ބަހެއްނާނޭ                   ( ބަލަމަބުނާނެ ބަހެއް ނެތޭ )
ހޭކަމުދާ އޮންނާނެ                       ( ކަމުދާން އޮންނާނެހޭ )                                       
ދޭހަވާ މާނަ: ކިތެންމެ މޮޅަށް ތަޢުލީމު ހާސިލުކޮށްގެން ހުރި މީހަކަށް ވިޔަސް ނުވަތަ ކަމެއް ރަނގަޅަށް ދަސްކޮށްގެން ހުރި މީހަކަސް އެކަން ނޭނގޭ މީހަކަށް ބުނެދޭއިރު އެނީހަކަށް ދޭހަވާފަދަ ގޮތަކަށް ބުނެދޭން ނޭންގިއްޖެނަމަ އެކަމަކުން އެމީހަކައް ކުރާނެ ފައިދާއެއް ނޯންނާނެއެވެ.       ޝަރަހަ: މިއަދުގެ މުޖުތަމައުގައި ހިނގާ ކަންތައްތަކަށް ބަލާލިކަމުގައި ވިޔަސް މި ރައިވަރުން ދޭހަވާ ކަންތައްތައް ވަރަށް ފުރިހަމައަށް އެގިގެން އެބަދެއެވެ. މިސާލަކަށް ބަލާލަމާ ހެއްޔެވެ.  ކިތެންމެ މޮޅަށް ކިޔަވައިގެން ހުރި ޓީޗަރަކު ކުދިންނަށް ކިޔަވައި ދޭއިރު އެ ކިޔަވާދޭއެއްޗެއް ދަރިވަރުންނަށް ފަހުމް ނުވަތަ ދޭހަ ނުވާނަމަ އެޓީޗަރަކަށް އެކުރެވެނީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ.އެކަމުން އެއްވެސް ފައިދާއެއް ދަރިވަރުންނަށް އަދި އެ ޓީޗަރަކަށް ވެސް ނުކުރާނެވެ.










ދޫލިބުމުން ތުޅާ                        ( ތުޅާދޫ ނުލިބުން )
ދުވާށިތޯ ފަހެކިހާ                       ( ފަހެ ކިހާދޫ ވާށިތޯ )
ދޫމިލްކު ނުވިއަސް ހިތާ                   ( ހިތާދޫ މިލްކުނުވިއަސް )
ދޫނިދޫވެސް ނެތީމާ                      ( ދޫނިދޫވެސް ނެތީމާ )
ދޫގޮއިގަޔާ އުޅޭ ހިރުނު                   ( ގޮއިދޫ ގޮޔާ ނުރުހި އުޅޭ )
ދޫމަތި މީހުތާ ހިރުނު                    ( ދޫމަތި ނުތާހިރު މީހު )                                                                       

ދޭހަވާ މާނ:އެއްވެސް އަހުލާގެއްނެތި ގޮތެއްފޮތެއް ނެތް މީހަކަށް އެއްވެސް ރަނގަޅު ކަމެއް ވާނެހެއްޔެވެ.؟ 

No comments:

Post a Comment